މަސައްކަތުގައި ހިއްސާވާ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހި ކުރުން
2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރު (އެން.އާރ.ސީ) ޤާއިމުކުރެވުނުކަމުގެ އިއުލާނު ކުރައްވާފައެވެ. މި ސެންޓަރުގެ މަގްސަދުކަމުގައި ހާމަކުރަށްވާފައިވަނީ ހަމަނުޖެހުން ހިނގަމުންދާ ސަރަޙައްދުތަކުން އެނބުރި ރާއްޖެއަށް ގެނެވޭ ދިވެހި ރައްޔިތުން ރިހެބިލިޓޭޓްކޮށް ރީއިންޓެގްރޭޓް ކުރުމެވެ. އަދި މި ފަރުދުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ނަމަވެސް ހަރުދަނާ ގޮތެއްގައި ރީ-ސޯޝަލައިޒޭޝަން ހާސިލުކުރުމުގައި އެތަކެއް ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. ޖުޢުރާފީގެ ގޮތުން ދުރުމިނާއި، އެންމެހާ ވަސީލަތްތައް މާލެ ސަރަޙައްދުގައި ސެންޓްރަލައިޒް ވެފަ ހުރުމުގެ ސަބަބުން، ހަމަނުޖެހުން ހިނގަމުންދާ ސަރަޙައްދުތަކުން އެނބުރި އަންނަ ދިވެހިންނަށް ބަންދުން ދޫކޮށްލުމަށްފަހު ދެވޭ (ޕޯސްޓް-ރިލީޒް) ޚިދުމަތްތައް ފޯރުކޮށްދިނުމާއި، އިން-ކޮމިއުނިޓީ މޮނިޓަރިންގް އަދި ސުޕަވިޒަން ހިންގުމުގައި ބޮޑެތި ދަތިތަކާއި ކުރިމަތިވާނެއެވެ.
މީގެ އިތުރުން، އެނބުރި އަންނަ ދިވެހިންގެ ރިހެބިލިޓޭޝަން އަދި ރީއިންޓެގްރޭޝަން ޕްލޭންތައް އެކުލަވާލަނީ ސަރުކާރުގެ ފަރާތުން، ބައެއް ފަހަރަށް މަދަނީ ޖަމިއްޔާތަކާއި މުޖުތަމަޢުގެ ތެރެއިން (އިން-ކޮމިއުނިޓީ) ޕާޓްނަރުންގެ ބައިވެރިވުން ނުހިމެނޭ ގޮތަށެވެ. ނަތީޖާއަކީ އެނބުރި ކުށަކަށް އަރައިގަތުން ނާދިރުކުރުމުގެ ޕްރޮގުރާމްތަށް މަދުވެ، އެންމެ ރަނގަޅު އުސޫލުތަށް ވަޒަންކޮށް، އެއްކޮށް އަދި ނަކަލުކުރުމުގެ ޤާބިލިއްޔަތުކަން ހީނަރުވުމެވެ. ކަމަކާމެދު ބައިއަތު އުފެއްދުމުގައި، ކޮންމެ އިޖުތިމާއީ ހިދުމަތުގެ ނިޒާމެއްގެ ތެރެއިންވިޔަސް، ހިއްސާވާ ފަރާތްތަކަށް މައުލޫމާތާއި ހޭލުންތެރިކަން ފޯރުކޮށްދިނުމަކީ އުނދަގޫ، އެހާމު މުހިންމު، އަދި ވަރަށް ގިނައިން އެކަށީގެންވާ ވަރަށް އިސްކަން ނުދެވޭ ކަމެކެވެ.
މިކަމުން އަރައިގަތުމަށްޓަކައި، މި މަސައްކަތުގައި ޝަމިލުވާ ފަރާތްތަކުގެ ނެޓްވޯކްއެއް ޤާއިމްކުރަން ޖެހެއެވެ. އެއީ ޖަމާއަތުގެ ޢިލްމުގެ ފެންވަރު ރަނގަޅުކޮށް އަދި ކޮންމެ މެމްބަރެއްގެ ބައިވެރިވުން އެއްކޮށްލައިގެން އައު ވިސްނުންތައް އެކުލަވާލުމާއި އެކު އަންހެނުންނާއި ކުޑަކުދިންނަށް ލިބެންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ.
ޢިލްމާއި ހޭލުންތެރިކަން އިތުރުކުރުން
ސަލާމަތް ނެޓްވޯކްގެ ފަރާތުން، ހަމަނުޖެހުން ހިނގަމުންދާ ސަރަޙައްދުތަކުން ރާއްޖެއަށް އެނބުރި އަންނަ ދިވެހިން ރީއިންޓެގްރޭޓް އަދި ރިހެބިލިޓޭޓް ކުރުމުގައި އެހީތެރިވެދެވޭނެ މުހިންމު ހިއްސާދާރުން އެކަކު އަނެކަކާއި ގުޅުވައިދިނުމުގެ އިތުރުން، އެނބުރި އަންނަ ފަރުދުން (ހާއްސަކޮށް އަންހެނުނާއި ކުޑަކުދިން) ރީއިންޓެގްރޭޓް އަދި ރިހެބިލިޓޭޓް ކުރުމުގެ ދާއިރާއިން ފެންނަ ރަނގަޅު އަދި އުންމީދީ އުސޫލުތަކާއި ބެހޭ ގޮތުން ހިއްސާދާރުންގެ މައުލޫމާތާއި ހޭލުންތެރިކަން އިތުރުކުރުމަށް މަސަތްކަތް ކުރެވޭނެއެވެ.
ޢާންމު ޢިލްމު
އަލުން އެނބުރި ކުށަކަށް އަރައިގަތުމުގެ ނުރައްކާ ހަނިވާނެ އަދި އާންމު ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނެހެން، ހަމަނުޖެހުން ހިނގަމުންދާ ސަރަޙައްދުތަކުން އެނބުރި އަންނަ ދިވެހިންގެ ރީއިންޓެގްރޭޝަން އަދި ރިހެބިލިޓޭޝާންއަށް ހަރުދަނާ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ހާލަތު ރަނގަޅަށް ސިފަކޮށް، އެއްކޮށް މަސައްކަތް ކުރާ ހިއްސާދާރުންގެ ނިޒާމެއް (ސިންކްރޮނަސް އިކޯސިސްޓަމް އޮފް އެކްޓާރސްއެއް) ޤާއިމުކުރުމަކީ ލާޒިމުކަމެކެވެ.
ގިނަ މުއައްސަސާތަކެއް (މަލްޓި-އެޖެންސީ) އަދި ގިނަ ހިއްސާދާރުންތަކެއް ހިމެނޭ (މަލްޓި-ސްޓޭކްހޯލްޑަރ) ވިސްނުމަކުން ރިހެބިލިޓޭޝާންއާއި ރީއިންޓެގްރޭޝަންއަށް ކުރިމަތިލުމުގެ އަޒުމުގެ ދަށުން، ސަލާމަތް ނެޓްވޯކްގެ އެންމެހާ ބައިވެރިންގެ މެދުގައި ގުޅުންބަދަހި ކުރުމާއި، މައުލޫމާތު ހިއްސާކުރުމާއި، މައްސަލަ ހައްލުކުރުމުގެ ހުނަރާއި، އަޒުމު ދެމެހެއްޓުމަށް ބާރުއެޅޭނެއެވެ.
މިކަން ހާސިލުކުރުމަށްޓަކައި، އިންޓަރޑިސިޕްލިނަރީ ޢިލްމު އުފައްދާ އަދި ކޮންމެ ފަރުދަކަށްވެސް ރައްކާތެރިކަމާއި، ދުޅަހެޔޮކަމާއި ޝަރަފުވެރިކަމާއިއެކު މުޖުތަމައަށް އެނބުރި ދިއުމަށް މަގުފަހިކޮށްދޭ ޕްރޮގްރާމްތަކެއް ފޯރުކޮށްދިނުމަށްޓަކައި މުހިންމު ކަންކަމާއި މެދު އެއްބައިވަންތަ ވިސްނުމެއް ޤާއިމުކުރުމަށް ސަލާމަ ނެޓްވޯކްގެ އެންމެހާ ބައިވެރިން މަސައްކަތްކުރާނެއެވެ.
ހާއްސަ ޢިލްމު
އެނބުރި އަންނަ އެންމެހާ ދިވެހިންނަށް (ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނަށް) އެކަށީގެންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ރިހެބިލިޓޭޝަން އަދި ރީއިންޓަގްރޭޝަން މަރުހަލާތަކުގައި ޝާމިލުވާ އެންމެހާ ފަރާތްތަކުން އެފަރާތްތަކުގެ ނީޑްސް އެސެސްމަންޓް ހެދުމުގެ ގާބިލުކަން އިތުރުކުރަންވާނެއެވެ. މީގެ ތެރޭގައި ވަކި ފަރުދުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ކަންކަން ހައްލުކުރުން ހިމެނެއެވެ. މިކަމުގެ ސަބަބުން ހާލަތާއި ސަގާފަތާއި ލާމެހޭނެހެން، ބައިނަލްއަގްވާމީ އޮނިގަނޑުތަކާއި، ވަސީލަތްތަކާއި، އެއްބަސްވުންތަކާއި، މިންގަނޑުތަކުން ދެނެގަނެވިފައިވާ، ވަކިވަކި ފަރުދުންނަށް ރައްކާތެރި، ދުޅަހެޔޮ، އަދި ޝަރަފުވެރި ގޮތެއްގައި މުޖުތަމަޢުގެ ތެރެއިން ފޯރުކޮށްދެވޭ (އިން-ކޮމިއުނިޓީ) ރީއިންޓެގްރޭޝަން ކަށަވަރުކުރެވޭނެ ޕްރޮގްރާމްތައް އެކުލަވައިލުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
އަމާޒަކީ، ކޮންމެ ޕްރޮގްރާމެއްގައިވެސް އެ ފަރުދެއްގެ ހުރި ނުރައްކާތެރި އަހުލާގެއްގެ ސަބަބު ކަމަށް ބެލެވޭ ސިފަތައް ބަދަލުކޮށް (ރިހެބިލިޓޭޝަން) އެ ފަރުދެއް މުޖުތަމަޢުގައި އުފެއްދުންތެރިކަމާއިއެކު އުޅުމަށް މަގުފަހިކޮށްދިނުމަށް (ރީއިންޓެގްރޭޝަން) ސަމާލުކަން ދިނުމެވެ. ސަލާމަތް ނެޓްވޯކްގައި މައިގަނޑު ގޮތެއްގައި އިސްކަންދޭނީ އެހީތެރިކަމުގެ ގުޅުންތައް (ސަޕޯޓިވް ރިލޭޝަންޝިޕްތައް) ފޯރުކޮށްދެވިދާނެ އިޖުތިމާއީ ނެޓްވޯކްތައް ބިނާކޮށް، ހަރުދަނާކޮށް ދެމެހެއްޓުމަށެވެ.
އަމަލީ ޢިލްމު
ސަލާމަތް ނެޓްވޯކްއިން މަސަތްކަތް ކުރަމުން ދަނީ ފަރުދުން ޤައުމަށް އެނބުރި އަންނަ އިރުން ފެށިގެން މުޖުތަމައުއަށް އެނބުރި ރައްދުވުމުންވެސް މެދުނުކެނޑޭނެ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
ސަލާމަތް ނެޓްވޯކްގެ ދަށުން، މި މަސައްކަތުގައި ޝާމިލުވާ އެންމެހާ ފަރާތްތަކުން އެނބުރި އަންނަ ފަރުދުންނަށް (ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނަށް) އެމް.އެހް.ޕީ.އެސް.އެސް ޚިދުމަތްތަށް ފޯރުކޮށްދިނުމުގެ ޤާބިލިއްޔަތުކަން އިތުރުކޮށް، އެކަށީގެންވާ މިންވަރަށް މުޖުތަމަޢުގެ ތެރެއިން ރަށު ފެންވަރުގައި ރިޕޯޓު ކުރުމުގެ ނިޒާމުތަކެއް ޤާއިމު ކުރެވޭނެއެވެ. އެއީ ރަށު ފެންވަރުގެ ހިއްސާދާރުންނަށް އެހީތެރިކަން ފޯރުކޮށްދީ އަދި އެ ފަރާތްތަކާއި އެކުގައި މަސައްކަތް ކުރެވޭނެ، މުޖުތަމަޢުގެ ފަރާތުން އިސްވެތިބެ ކުރިއަށްގެންދެވޭ ގައުމީ ފެންވަރުގެ ރީއެންޓްރީ އަދި ރިހެބިލިޓޭޝަން އިސްނެގުމެއް ކުރިއެރުވުމަށްޓަކައެވެ.