ރިހެބިލިޓޭޝަން އާއި ރީއިންޓެގްރޭޝަން ސަފުހާއަށް އެނބުރި ދިއުމަށް
އެނބުރި އަންނަ ފަރުދުންނަށް، ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނަށް އެކަށީގެންވާ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަންދޭ ކަމެކެވެ. ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ކަންކަން ހިމެނޭނެހެން، ފަރުދީ ބޭނުންތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދައިދިނުމުގެ ގާބިލިއްޔަތު ސަލާމަތް ނެޓްވޯކްގެ އެންމެހައި ބައިވެރިންގެ މެދުގައި އިތުރުކޮށް، މި ޚިދުމަތްތައް މެދުނުކެނޑި މުޖުތަމަޢުގެ ތެރެއިން ލިބޭނެ ގޮތްތައް ހަމަޖެއްސުން ލާޒިމުވެގެންވެއެވެ. އެއީ ބައިނަލްއަޤްވާމީ އޮނިގަނޑުތަކާއި، ވަޞީލަތްތަކާއި، އެއްބަސްވުންތަކާއި، މިންގަނޑުތަކާއި އެއްގޮތްވާގޮތުގެ މަތިން އެނބުރި އަންނަ ފަރުދުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައެވެ.
އާންމު ޢިލްމު ސެޝަންތަކުން ޢިލްމު ދެނެގަނެ، ހަމަނުޖެހުން ހިނގަމުންދާ ސަރަޙައްދުތަކުން އެނބުރި އަންނަ ފަރުދުންނަށް މުޖުތަމަޢުގެ ތެރެއިން ފޯރުކޮށްދެވޭ (އިން-ކޮމިއުނިޓީ) ޚިދުމަތްތައް ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ސަލާމަތް ނެޓްވޯކްގެ ބައިވެރިން އެކަށޭނެ ފެންވަރަކަށް ތައްޔާރުކޮށްދިނުމަށްޓަކައި، ސެޝަންތަކުގައި ތިރީގައި މިދެންނެވިގެންވާފަދަ ސުވާލުތަކަށް ޖަވާބު ހޯދުމަށް މަސައްކަތް ކުރެވޭނެއެވެ:
- އަންހެނުންނާ ކުޑަކުދިން އެނބުރި ގެނައުމާއި، ދައުވާ އުފުލުމާއި، ރިހެބިލިޓޭޓް އަދި ރީއިންޓެގްރޭޓް ކުރުމުގެ އެހެން ހާލަތްތަކުން ދަސްކުރެވޭނީ ކޮން ފިލާވަޅުތަކެއް؟
- ހަމަނުޖެހުން ހިނގަމުންދާ ސަރަޙައްދުތަކުން އެނބުރި އަންނަ އަންހެނުންނާއި ކުޑަކުދިންގެ ބޭނުންތައް (ނަފްސާނީ ސިއްހަތުގެ ބޭނުންތައްވެސް ހިމެނޭނެހެން) ދެނެގަނެ، ތަހްލީލްކޮށް، އެ ބޭނުންތައް ފުއްދައިދިނުމުގެ ޤާބިލުކަން (ހާއްސަކޮށް މުޖުތަމަޢުގެ ތެރެއިން ލިބޭނެހެން) އިތުރުކުރެވޭނީ ކިހިނެއް؟
- ހަމަނުޖެހުން ހިނގަމުންދާ ސަރަޙައްދުތަކުން އެނބުރި އަންނަ އަންހެނުންނާއި ކުޑަކުދިންގެ މެދުގައި، މި ބޭނުންތައް، ޚާއްޞަކޮށް ނަފްސާނީ ޞިއްޙަތުގެ ބޭނުންތައް ފުއްދައިނުދެވުމުގައި ހުރި އެއްވެސް ނުރައްކަލެއް ދެނެގަތުމުގެ ޤާބިލުކަން އިތުރުކުރެވޭނީ ކިހިނެއް؟
- ރިހެބިލިޓޭޝަން އާއި ރީއިންޓެގްރޭޝަންގެ އެންމެހާ ހިންގުމާއި ބެހޭ ޢާންމު އިޖުރާއަތުތަކާއި ސިޔާސަތުތަކަކީ އިންސާނީ ހައްގުތަކާއި ހަމަހަމަކަން ހިމާޔަތްކުރާ ސިޔާސަތުތަކެއްކަން ކަށަވަރުކުރާނީ ކިހިނެއް؟
ހާއްސަ ޢިލްމު ސެޝަންތަކުގެ ލިންކުތައް ވަރަށް އަވަހަށް ލިބިގެންދާނެ (ހަމައެކަނި ނެޓްވޯކްގެ މެމްބަރުންނަށް).