ސަލާމަތް ނެޓްވޯކްގެ އަމާޒަކީ ފަރުދީގޮތުންނާއި އެންމެން އެކުވެގެން ގެނެވޭ ބަދަލުތަތައް ކުރިއަރުވާ، ޕްރޯސޯޝަލް ވިސްނުމަށް ހިތްވަރުދީ، ދިރިއުޅުމަށް ބޭނުންވާ ހުނަރުތައް ތަރައްގީކޮށް، ރިހެބިލިޓޭޝަން އަދި ރީއިންޓެގްރޭޝަންއަށް މަގުފަހިކޮށްދޭ ޕްރޯސޯޝަލް ނެޓްވޯކްތަކާއި ވަކި ފަރުދުންނާ ގުޅުވާލުމެވެ.
ޢާންމު، ޚާއްޞަ، އަދި ޢަމަލީ ޢިލްމު އިތުރަށް ފުރިހަމަ ކުރުމުގެ އިތުރުން، ހަމަނުޖެހުން ހިނގަމުންދާ ސަރަޙައްދުތަކުން އެނބުރި އަންނަ ދިވެހިންނަށް (ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނަށް) އަމާޒުކޮށްގެން، ސަރުކާރާއި މަދަނީ ޖަމިއްޔާތަކުގެ މަސައްކަތް އެއްކޮށްލާ މުޖުތަމަޢުގެ ފަރާތުން އިސްވެތިބެ ގައުމީ ފެންވަރުގައި ހިންގޭ އެންމެ ފުރަތަމަ ޕްރޮގްރާމް، ކަރިކިއުލަމް އަދި އުސޫލުތައް ސަލާމަތް ނެޓްވޯކްގެ ބައިވެރިން ޤާއިމުކުރާނެއެވެ.
ސަލާމަތް ޓޫލްކޮޓްގައި ބޭނުންކުރެވިގެންވަނީ ތަފާތު ނަޒަރިއްޔާތަކުން ފިލާވަޅު ނަގައިގަންނަ، ހެކީގެ މައްޗަށް ބިނާކުރެވިގެންވާ މަލްޓިޑިސިޕްލިނަރީ ވިސްނުމެކެވެ. މީގެ ތެރޭގައި: ޓޮރޯމާ އިންފޯރމްޑް ކެއާރ، ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީ، މޯޓިވޭޝަނަލް އިންޓަރވިއުއިންގް، ސްމާރޓް (ކުޑަ، މިންކުރެވޭ، ހާސިލުކުރެވޭ، ހަގީގަތަށް ފެތޭ، އަދި ޓައިމްލީ) ޕްލޭނިންގް ސްޓްރެޓެޖީތަކާއި، މެންޓޯރޝިޕް، ލައިފް ކޯޗިންގް އަދި ލައިފް ސްކިލްސް ތަމްރީނު، ކައުންޓަރިންގް ޓެރަރިޒަމް1، އަދި މީގެ އިތުރުން ޑިސްއެންގޭޖްމަންޓް އާއި ޑީރެޑިކަލައިޒޭޝަން-އޮރިއެންޓަޑް ޕްރޮގްރާމްތައް ހިމެނެއެވެ. މި ނަޒަރިއްޔާތަކުގެ ސަބަބުން އެނބުރި އަންނަ ފަރުދުންގެ މެދުގައި ޢިލްމާއި، ހުނަރާއި، އަމިއްލަ ނަފްސަށް އަޅާލުމާއި، ޕްރޯސޯޝަލް ޑިވެލޮޕްމަންޓާއި، ރޫޙާނީ އަދި ސައިންޓިފިކް ކުރިއެރުމާއި، އަމިއްލަ ބާރުވެރިކަން އިތުރުވެ، އަދި ހަމަ އެއާއެކު ވާހަކަ ކިޔާދިނުމުގެ ފައިދާއިން މަންފާ ހޯދުމުގެ ފުރުޞަތު އެ ފަރުދުންނަށް ފަހިވެގެންދާނެއެވެ.
ސަލާމަތް ނެޓްވޯކްއިން މި އަމާޒުކުރަނީ ރާއްޖޭގައި ފުރަތަމަފަހަރަށް، ހަމަނުޖެހުން ހިނގަމުންދާ ސަރަހައްދުތަކުން އެނބުރި ގެނެވޭ ފަރާތްތައް މުޖުތަމައުއަށް ރައްދުވުމުގެ ކުރިން ފޯރުކޮށްދެވޭ ޚިދުމަތްތަކާއި މުޖުތަމައުއަށް ރައްދުވުމަށް ފަހު މުޖުތަމަޢުގެ ތެރެއިން ފޯރުކޮށްދެވޭ އެހީތެރިކަމާ، އެކަތި އަނެކައްޗާއި ގުޅުވާލުމަށެވެ. މި މަސައްކަތުގެ ސަބަބުން، ކަރެކްޝަނަލް ފެސިލިޓީތަކުގައި ބަންދުގައި ތިބުމަށްފަހު އެނބުރި މުޖުތަމަޢުއަށް ރައްދުވާ ފަރާތްތަކުގެ ރީއިންޓެގްރޭޝަން މަގުފަހި ކުރުމަށްޓަކައި، ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށާއި މުޖުތަމަޢުތަކަށް، ޚާއްސަކޮށް ފަރުމާ ކުރެވިފައިވާ ވަސީލަތްތަކަށް އެކްސެސް ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ މުޖުތަމަޢުތަކުގެ އަމާންކަމާ ދުޅަހެޔޮކަމަށް މަގުފަހިވެގެންދާނެއެވެ. އަދި އެންމެންގެ މެދުގައި އަމިއްލަވަންތަކަމުގެ އިހުސާސްތަައް އިތުރުވެގެންދާނެއެވެ.
1 މިތާނގައި ޓެރަރިޒަމް މާނަކުރެވިފައިވަނީ ޤާނޫނު ނަންބަރު 32/1025 ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގައި ބަޔާންކުރެވިފައިވާ ފަދައިންނެވެ.
ސަލާމަތް ޓޫލްކިޓް ވަރަށް އަވަހަށް ލިބިގެންދާނެ (ހަމައެކަނި ނެޓްވޯކް މެމްބަރުންނަށް).
އިތުރު މައުލޫމާތު ހޯއްދެވުމަށް ރެޑިކަލައިޒޭޝަން، ރިހެބިލިޓޭޝަން، ރީއިންޓެގްރޭޝަން އަދި ރިސިޑިވިޒަމް ނެޓްވޯކް (4އާރް ނެޓްވޯކް) ގެ ވެބްސައިޓަށް މިލިންކްއިން ވަދެވަޑައިގެންނެވޭނެއެވެ.