އިން-ކޮމިއުނިޓީ ޚިދުމަތްތައް

 

މުޖުތަމަޢުގެ ތެރެއިން ދެވޭ (އިން-ކޮމިއުނިޓީ) ޚިދުމަތްތައް

 

އަމަލީ ޢިލްމު

ހަމަނުޖެހުން ހިނގަމުންދާ ސަރަޙައްދުތަކުން އެނބުރި އަންނަ ރައްޔިތުން ރިހެބިލިޓޭޓްކޮށް ރީއިންޓެގްރޭޓް ކުރުމަށް މަގުފަހިވާނެ ފަދަ ހައްލު ހޯދުމަށްޓަކާ ރަށު ފެންވަރުގެ ކަމާބެހޭ ފަރާތްތަކާއި މަދަނީ ޖަމްޢިއްޔާތަކުގެ މެދުގައި ޕާޓްނަރޝިޕް ޤާއިމުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

 

ސަލާމަތް ނެޓްވޯކްގެ މަސައްކަތުގެ އެއް އަމާޒަކީ ރަސްމީ އަދި/ނުވަތަ ނުރަސްމީ ކޮމިއުނިޓީ ސްޓްރަކްޗާރތަކެއް (މުޖުތަމައުގެ ނިޒާމުތަކެއް) އެކުލެވިގެންވާ، ރައްކާތެރި، ފަސޭހައިން އެކްސެސް ކުރެވޭ، ސިއްރު ހިފެހެއްޓިގެންވާ ރިޕޯޓު ކުރުމުގެ ނިޒާމުތަކެއް ބިނާކުރުމެވެ. އެއީ ރެފަރަލްތައް ސިއްރު ހިފެހެއްޓޭ ސެންސިޓިވް ގޮތެއްގައި ކުރިއަށް ގެންދިއުމަށާއި އެކަށީގެންވާ އެހީގެ ނެޓްވޯކްތަކާއި ވަކި ފަރުދުންނާ ގުޅުވާލުމަށެވެ.

 

މި މަޝްރޫއުގެ ކޮންމެ މަރުހަލާއެއްގައި އަދި ޝާމިލުވާ އެންމެހާ ފަރާތްތަކާއި މެދު، އިންސާނީ ހައްގުތަކުގެ މައްޗަށް ބިނާވެފައިވާ ވިސްނުމެއް ގެންގުޅުމަށް މަސައްކަތް ކުރެވޭނެއެވެ. އެހެންކަމުން ސަލަމާތް ނެޓްވޯކްގެ މެންބަރުން މަސައްކަތް ކުރާނީ މުޖުތަމަޢުގެ އެންމެހާ ފަރުދުންގެ ކަންބޮޑުވުންތަކާއި ބޭނުންތައް ދެނެގަނެ، އެކަންކަަމަށް ހައްލު ހޯދާއިދިނުމަށެވެ. އެއީ މާ ބޮޑަށް ވަކި ކޮޅަކަށް ޖެހުމަށް (ޕޯލަރައިޒޭޝަންއަށް) ތަންނުދިނުމަށްޓަކައެވެ.

 

މުޖުތަމަޢުތެރޭގެ (އިން-ކޮމިއުނިޓީ) ވަސީލަތްތަކުގެ ސެޝަންތަކުގެ ލިންކުތައް ވަރަށް އަވަހަށް ލިބިގެންދާނެ (ހަމައެކަނި ނެޓްވޯކްގެ މެމްބަރުންނަށް).