ރިހެބިލިޓޭޝަން އާއި ރީއިންޓެގްރޭޝަން ސަފުހާއަށް އެނބުރި ދިއުމަށް
ދިވެހިރާއްޖެއިން މަސައްކަތްކުރަމުންދަނީ ހަމަނުޖެހުން ހިނގަމުންދާ ސަރަޙައްދުތަކުން އެނބުރި އަންނަ ރައްޔިތުންގެ، ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިންގެ ރިހެބިލިޓޭޝަން އަދި ރީއިންޓެގްރޭޝަންގައި މުޅި މުޖުތަމަޢު ހިމެނޭ ވިސްނުމަކަށް (ހޯލް އޮފް ސޮސައިޓީ އެޕްރޯޗްއަކަށް) މަގުފަހި ކޮށްދިނުމަށެވެ. މިކަން ހާސިލުކުރުމަށްޓަކައި، މަސައްކަތުގައި ޝާމިލުވާ އެންމެހާ ބައިވެރިންގެ މެދުގައި، ރިހެބިލިޓޭޝަން އަދި ރީއިންޓެގްރޭޝަން އާދަތަކާއި ގުޅޭގޮތުން އެއް ހަމަތަކަކާއި ޢިލްމު ބޭނުންކުރުން މުހިންމެވެ. މީގެ ތެރޭގައި ތިރީގައި މިދެންނެވޭ ފަދަ ސުވާލުތަކާއިމެދު ޢާންމު ވިސްނުމެެއް އުފެއްދުން ހިމެނެއެވެ:
- ހައްދުފަހަނައެޅުމަކީ ކޮބާ؟ މިއާ ޓެރަރިޒަމް އާއި ތަފާތުވަނީ ކިހިނެއް؟ މިއިން ކޮންމެ ކަމަކާއިމެދު ވާހަކަދެއްކުން އެކަށީގެންވަނީ ކޮން ހާލަތްތަކެއްގައި؟
- އަނިޔާވެރި ޢަމަލުތައް ކުރުމާހަމަޔަށް މީހުން ހައްދުފަހަނައަޅާ ދަނީ ކިހިނެއް/ކީއްވެ؟
- އެ މީހަކަށް ދިމާވެފައިވާ އަނިޔާވެރި (ޓްރޮމެޓިކް) ތަޖުރިބާތައް މިކަމުގައި އަދާކުރަނީ ކޮން ދައުރެއް؟
- ވަކި ފަރުދުންނާއި ޢާއިލާތަކަށް މިހާރުވެސް ލިބެން ހުރި މުޖުތަމަޢުގެ ތެރެއިން ފޯރުކޮށްދެވޭ (ކޮމިއުނިޓީީ ބޭސްޑް) ޚިދުމަތްތަކުގެ ނެޓްވޯކްތަކުގެ ފަރާތުން، ފަރުދުން އަނިޔާވެރި ޢަމަލުތައް ކުރުމާ ހަމަޔަށް ދިޔުން ހުއްޓުވުމަށް ކުރެވޭނީ ކޮން ކަންތައްތަކެއް؟
- ބަންދުން ދޫކޮށްލުމަށްފަހު (ޕޯސްޓް ރިލީސްއަށްފަހު) ރިސިޑިވިޒަމް ނުވަތަ ކުށަކަށް އެނބުރި އަރައިގަތުމުގެ ނުރައްކާ ކުޑަކުރެވޭނީ ކޮންކަހަލަ އިންޓަރވެންޝަންތަކަކާއި ޕްރޮގްރާމްތަކަކުން؟
- ރިހެބިލިޓޭޝަން އާއި ރީއިންޓެގްރޭޝަންގެ މަރުހަލާތަކުގައި އެނބުރި އަންނަ ފަރުދުންގެ އެކްސްޓެންޑަޑް ޢާއިލާގެ ދައުރަކީ ކޮބާ؟ އަދި އެ މީހުންނަށް ބޭނުންވާ އެހީތެރިކަން އެންމެ ރަނގަޅަށް ފޯރުކޮށްދެވޭނީ ކިހިނެއް؟
- މި ދާއިރާގައި އެހެން ޤައުމުތަކުގައި ކާމިޔާބާއިއެކު ކުރެވިފައިވަނީ ކޮން ކަންތައްތަކެއް؟
އާންމު ޢިލްމު ސެޝަންތަކުގެ ލިންކުތައް ވަރަށް އަވަހަށް ލިބިގެންދާނެ (ހަމައެކަނި ނެޓްވޯކްގެ މެމްބަރުންނަށް).